ރައްޔިތުންގެ ވެރިކަން ދިފާއު ކުރަން ރައްޔިތުން ނިކުންނާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
އިލްޔާސް މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކައާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ޖާބިރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ހުރިހާ އެކްޓިވިސްޓުން ނުކުތުމަށް އެދިވަޑައިގެންފައެވެ. އޮޕަރޭޝަންތައް ޖައްސައިގެން ރައީސް މަގާމުން ދުރުކުރުމަށާއި ރައީސް ވަނީ 'ވައްކަން ކުރައްވާފައި' ކަމަށް ތުހުމަތު ކުރައްވާފައެވެ.
އިލްޔާސް ކުރެއްވި ޓްވީޓުގައި ވަނީ ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި އެހާބޮޑު އިލްޒާމެއް ޖާބިރު މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އަޅުއްވަމުން ގެންދެވިއިރު ވެސް މަޖިލީހުގައި ރިޔާސަތާއި މަޖިލީހުގެ މެންބަރުން ހަނު ތިއްބެވުމަކީ ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ މަޖިލީހުގައި ޖާބިރު ވިދާޅުވީ، ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގައި 26 އަހަރު އިންނެވުމަށް ފަހު، އެމްޑީޕީއަށް ލިބުނު ވެރިކަން މަކަރާއި ހީލަތުން ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުން ފޭރިގެންފައިވާ ކަމަށެވެ. ގާސިމް އިބްރާހިމާ އަދި އަދާލާތު ޕާޓީއާގެ ތެރެއިން އެމްޑީޕީގެ ވިސްނުން "އިރެޑިކޭޓް" ކޮށްލަން ވިސްނާފައި ތިބި މީހުން ގެންގޮސް ސަރުކާރަށް ލައްވާފައި ވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު މިއަދުގެ މަޖިލީހުގައި ވަނީ އިލްޔާސްވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އަދާލަތު ޕާޓީއަށްވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެމީހުން (އިސްލާމިކް މިނިސްޓަރު އަދި އަދާލަތު) ނަމާދުކޮށްގެން ﷲއަށް ދުއާ ކުރުމުން އިޖާބާ ކުރައްވާ ކަމުގައި ވިދާޅުވި ކަމުގައި ވިޔަސް ސީދާ އަދާލާތު ޕާޓީން ދުއާ ކުރުމުން އިޖާބަ ކުރައްވާ ކަމަކަށް ގުރުއާނުގައި އައިސްފައި ނުވާ ކަމަށެވެ.
ތިބޭޅާ ކިޔާހާ އެއްޗަކަށް އިޖާބަދޭ ދިވެހުން މިގައުމުގަ ދުވަހެއް ދުވަހެއް މަދުވަނީ މިވެރިކަން ވައްޓަން ނިކުންނާނީ ކެނެރީގޭ ނަޝީދު އޭނަގެ އައުވާނުން ގޮވައިގެން ރައްޔިތުން ތިބޭނީބަލަން ތިބޭޅާ ބުމަރެއްހެން އެނބުރި އެނބުރި ހުންނާތި
އިލްޔާސަށް ވަރަށް އަސަރުކޮށްފި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާއިރު ތިހާ އަސަރެއް ނުކުރޭ ހާދަ ވަރެއްވެފަދޯ
ހަމަ ހައިރާންވެ އަންތަރީސްވެއްޖެ! އިލްޔާސްތީ ހަމަ ދީނީ ޢިލްމު އުނގެނިގެން ހުންނެވި މިދީން ދިފާއުކުރަންހުރި ތެދުވެރިއެއްތަ؟ އެހެން ވެރިކަން ތަކުގައި ތިއްބެވި ރައީސުންގެ ބޮލުގައި ދޮގޮ ބުހުތާނު އިލްޒާމު އަޅުވާ ލާދީނީ މީހުންގެ ޓެގު އަޅުވާ ވަގުންގެ ލަގަބުދީ ސުންނަތް ޖަމާތުގެ މީހެއްނޫން ކަމަށް ބުނެ އޭރުގެ އެކި އެކި ވެރިންނާ މެދު ކަންތަށްތަށް ވީއިރު ހުދު ޝެއިހް ވެސް އެކަމުގައި ބައިވެރިވެގެން އުޅުނު އިރު ލަދުވެތިވެ ބިރުވެތިވެ ބަލަ ހެއްދެވި ފަރާތަށް! ކޮންފަދަ ނުބައި އިޔަހޫދީ ކަމެއް ލިބިފަތިހިރީ ދީނީ އިލްމު އުނގެނިހުރެ. އިސްލާމްދީނާމެދު ބަޔަކު ނަފްރަތުކުރަނީ ތިޔަފަދަ ދެއަނގައިން ވާހަކަ ދައްކާ ދެއިރު ދެދަޅައަށް ރައުޔު ބަދަލުކުރާ މާއްދިއްޔަތަށް ހެއްލިތިބި މުނާފިގު ސިފަލިބިގެންވާ ޝެއިހުންގެ ސަބަބުން. ކޮންފަދަ މައްކާރު ނުލަފާ ހީލަތްތެރި ސިފަތަކެއް ތިހިރީލިބިފަ. ހަމަ ކޮސްވެއްޖެ. މާތް ﷲ ޝެއިހަށް ހެޔޮވިސްނުންދެއްވާ ހައްގުމަގަށް ރުޖޫއު ކުރައްވާ ފާނދޭވެ.
ބުނާނެ އެއްޗެއްވެސް ނޭނގިފަ މޖ އަދެވެނީ