ޕާސަންލް ކޮމްޕިއުޓާސްގެ ވޭނެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓް ވެއްޖެއެވެ.

މި އެކްސިޑެންޑް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އައުމަށް ދަތުރުކުރާ ހައިވޭ މަތިންނެވެ.

ފުލުހުން ބުނީ، ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ކޮންކްރީޓް ފެންސް ގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު ފަހު 3:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި އެއްވެސް ޟިހަކަށް ގެއްލުންވެފައި ނުވި ނަމަވެސް އެކްސިޑެންޓްވީ ވޭނަށް އެކިވަރުގެ ގެއްލުން ވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން އެ ވޭންގެ ފަހަތުން ބޮޑު ބައެއް ވަނީ ބަނޑިވެފައެވެ.

އަދި އެ ވޭން ދުއްވަން އިނީ ލައިސެންސް އޮތް މީހެއް ކަމަށާއި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.

މާލެއާއި، ހުޅުމާލެ ގުޅުވާ، އަޅާފައިވާ ބްރިޖާއި ހައިވޭއަށް އެއް އަހަރު ވެފައިވާއިރު، މާލެ ސަރަހައްދުގައި ހިނގާ ގިނަ އެކްސިޑެންޓްތައް ހިނގަނީ ބްރިޖާއި ހައިވޭގައެވެ. އެގޮތުން މިދިޔަ މަހުގެ 3 ވަނަ ދުވަހު މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑެއްގައި ދިޔަ ކާރެއް ހައިވޭގެ އަރިމަތީ ފެންސްގައި ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.