ނޫސްވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކުގެ އަގު އަދާކުރަންޖެހިފައި އޮންނަނީ އެމީހުން ނިސްބަތްވާ މުޖުތަމައަށް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް ކުރާ އަނިޔާއަށް މަގުފަހިވާ ގޮތަށް އޮތް ފުރުސަތުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެނަވަރުގައި ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައި ގުޓެރޭޒް ވިދާޅުވީ ނޫސްވެރިންނަށް ހިމާޔަތް ދިނުމަށް ނުކުޅެދުމާއެކު ކަންކަމުގެ މައުލޫމާތު އެނގިތިބުމުގެ ފައިދާއިން މުޖުތަމައު މަހްރޫމުވެ، ބިނާކުރެވި ނިންމުންތައް ނިންމުމަށް ހުރަސްތަކެއް އެޅިގެން ދާކަމަށެވެ. ސަލާމަތްތެރިކަމާ ރައްކާތެރިކަމާއެކު ނޫސްވެރިންނަށް ވަޒީފާ އަދާ ނުކުރެވޭނަމަ އޮޅުން ބޮޅުމާ ދޮގު މައުލޫމާތުގެ ޝިކާރައަކަށް ވެގެންދަނީ ހަމަ މުޅި ދުނިޔެ ކަމަށްވެސް ގުޓެރޭޒްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ފާއިތުވީ 12 ވަރަކަށް އަހަރުގެ ދުވަހުގެ ތެރޭގައި ޚަބަރާ މައުލޫމާތު ގެނެސްދީގެން 1000 އަށްވުރެ ގިނަ ނޫސްވެރިން މަރާލާފައިވާކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ. ކަންމިހެން އޮތްއިރު، މީގެ ތެރެއިން ކޮންމެ 10 ގާތިލުކުން 9 މީހަކު ދޫކޮށްލަނީ އެއްވެސް އަދަބެއް ނުދީ ކަމަށްވެސް އދއިން ބުނެއެވެ.

ނޫސްވެރިންނަށް ދޭ އެންމެ ޝަރަފުވެރި އިނާމުގެ ގޮތުގައި ބަލަމުން އަންނަ ޕުލިޓްޒާ ޕްރައިޒް، ކޮންމެ އަހަރަކުވެސް 1 ނޫސްވެރިއަކަށް ދޭއިރު، ހަމަ އެ އަހަރު ތެރޭ 100 އެއްހާ ނޫސްވެރިންނަށް ހަމަލާދެއެވެ.