އަނިޔާވެރިކަމަށް ގޮވާލައި އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި ކަމަށް ބުނެ ރާއްޖެ ހަމަނުޖެހުމެއްގެ ތެރެއަށް ދާން ދޫކޮށްލުމަކީ ވަަރަށް ބޮޑު ގޯހެއް ކަމަށެވެ. އެގޮތުން މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރިކަމަށް ގޮވާލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ފުލުހުން ބުނީ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި މީސްމީހުންގެ ފުރާނައާއި ނަފްސަށް ގެއްލުން ދިނުމަށް ގޮވާލައި އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ލިޔުމާއި ކުރެހުމާއި ފޮޓޯތައް އާންމުކޮށް ހަދަމުންދާކަން ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ މި މައްސަލައާ ގުޅުން ހުރި ބައެއް ފަރާތްތަކުގެ ފުރާނައަށް ގެއްލުން ދިނުމަށް ގޮވާ ހަދަމުންނެވެ. ކުރެހުމުންނާއި ފޮޓޯތައް ބޭނުންކޮށް ގެންނާއި ލިޔުމުން މިފަދަ އެތައް ޕޯސްޓެއް އާންމުން ޝެއާ ކުރަމުންދާ ކަން ފާހަގަކޮށް އެކަން މިވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ.
އެމްޑީއެންގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލްގެ ފުރާނައަށް ގެއްލުން ދިނުމަށް ރަށެއްގައި ކުރި މުޒާހަރާގައި ބަޔަކު ގޮވާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މީގެ އިތުރުން، ރައީސް ނަޝީދާއި ސީޕީ މުހަމއްދު ހަމީދުގެ ފުރާނައަށް ގެއްލުން ދިނުމަށް ވެސް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.
އޭނަތަގޯހޭ އޭނަވަށާއެބުރި އަތްޖަހާ ބާއިގަޑެށްނޫން މޮޔިންނަކީ މޮއަކަށް ތާއީދުކުރާނީވެސް ހުސްމޮޔައިން
ފުލުހުން ގައިގާ ތަޅަންގޮވުމަކީ މައްސަލައެެއްނޫންތަ؟ތިޔަމީހަ ހިފާހައްޔަރުކުރޭ
އަމާ ހަނދާން ކުރާ ވާހަކަ ނުދައްކާ
ކީއްވެތޯ އިސްލާމް ދީނަށް ފުރައްސާރަ ކުރާއެއްމެހާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނުބުނަނީ މަނިކުފާނަކީ އެކަމަށް ވާގިވެރިވާ ފަރާތަކީތޯ؟ އެންމެ ފަހަރަކުވެސް ނުބުނެވޭ ފުރައްސާރަ ކުރިފާރާތައް ފިޔަވަޅު އަޅާކަށް އެކުރި ފުރައްސާރަ މަނިކުފާނަށް ފުރައްސާރައަކަށް ނުވަނީތޯ މުޅިންވެސް ފެންނަނީ ފުރައްސާރަކުރި މީހުން ދިފާއު ކޮށް ދައްކާފަ ހުރި ވާހަކަތައް