ކޮންމެ ރަށެއްގައި ހުރެގެންވެސް ލޭގެ އާންމު ޓެސްޓުތައް ހެދޭނެ މޯބައިލް ލެބޯޓްރީ ސާވިސް މިއަދު އިފްތިތާހު ކޮށްފިއެވެ.

މޯބައިލް ލެބޯޓްރީގެ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ލ. އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މި ހިދުމަތުގެ ތެރެއިން އާންމު ބަލިތަކަށް ތަހުލީލު ކުރެވޭނެ އިންތިޒާމް އަތޮޅުތެރޭގައި ގާއިމު ކުރެވުނު ކަމުގައި ވިޔަސް ހާއްސަ ތަހުލީލުތައް ކުރުމަށްޓަކައި މާލެ ނުވަތަ ރާއްޖެއިން ބޭރަށް ވެސް މޯބައިލް ލެބޯޓްރީ ސާވިސް ނިޒާމު މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް އިތުރަށް ތަރައްގީވެގެން ފުޅާވެގެން ދާން ފެށީމައި ފޯރުކޮށްދެވޭނެ ކަމަށެވެ.

މޯބައިލް ލެބް ސާވިސްގެ ތެރޭގައި ހިމެނެނީ، އެ ރަށެއްގައި ހުންނަ ސިއްހީ މަރުކަޒުން އާންމު ބަލިތަކަށް ހަދާ ޓެސްޓުތަކަށް ލޭގެ ސާމްޕަލް ނެގުމަށްފަހު އެންމެ ކައިރީގައި ލެބޯޓްރީގެ ހިދުމަތްދޭ ހޮސްޕިޓަލު ހުންނަ ރަށްރަށަށް ފޮނުވައިގެން ޓެސްޓްު ހެއްދޭނެއެވެ. އަދި އެ ޓެސްޓުގެ ނަތީޖާ މެއިލްގެ ޒަރީއާއިން ސިއްހީ މަރުކަޒާސޤ ފޮނުވާ ބަި މީހާއަށް އޭގެ ނަތީޖާ ލިބޭނެ ގޮިތް ހަމަަޖައްސައި ދެވޭނެއެވެ. މި ހުދމަތުގެ ތެރެއިން ކުރެވޭ ލޭގެ ޓެކސްޓިތަކަކީ، ހަކުރު ޓެސްޓު، ކޮލެސްޓްރޯލް ޓޭސްޓު، ޔޫރިން ޓެސްޓް، ކިޑްނީ އަދި ލިވާ ޓެސްޓު ހިމެނެއެވެ.

"އިންތިޒާމީ ގޮތެއްގައި އުސޫލީ ކަންތައްތަކެއްގެ ތެރޭގައި ތަރުތީބު ކުރެވޭ ކަހަލަ ހަމަތަކެއްގެ މަތިން އެއީ ނިޒާމެއްގެ ގޮތުގައި ލެބޯޓްރީގެ ހިދުމަތް ނެތް ރަށްރަށަށް ފޯރުކޮށްދޭނެ އިންތިޒާމެއް މިހާތަނަށް ގާއިމު ކުރެވިފައެއް ނެތް. އެހެންވީމަ އަލުގަނޑުމެން މި ފަށާ މަސައްކަތަކީ މިހިސާބުން ފެށިގެންވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާވެގެންދާނެ ހިދުމަތެއް."
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ލެބޯޓްރީ ޓޭސްޓެއް ހެދުމަށް އާންމުންގެ މީހުން ކައިރީގައި ހުންނަ ހޮސްޕިޓަލަށް ދިއުމަށް ކުރަންޖެހޭ ދަތުރުތަކުގައި މަދުވެގެން 800 އެއްހާ ރުފިޔާ ހޭދަ ކުރަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެގެ އެކި ހސިާބުތަކުގައި މި ހިދުމަތް ރަނގަޅު ގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އަމީން ވިދާޅުވިއެވެ.

މިއަދު އިފްތިތާހު ކުރެވުނު މޯބައިލް ލެބޯޓްރީގެ ހިދުމަތް މެދުވެރިކޮށް ލެބޯޓްރީއެއް ނެތަސް މިހާރު އާންމުކޮށް ހަދަން ޖެހޭ ޓެސްޓުތައް ހެދޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

"ކޮންމެ ފަރިދަކު އެމީހެއްގެ ބަލީގެ ތަހުލީލަށްޓަކައި 800 ރުފިޔާ ހޭދަކުރުން ޖެހޭނެ ކަމީ ތަހައްމަލް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ އާންމު ހާލަތާއި ފުދުންތެރިކާމާއި ތަނަވަސްކަމަށް ވިސްނާނަމަ އެއީ އެކަށީގެންވާ ހޭދައެއް ނޫން. ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އަދި ކުރިންވެސް އެކިގޮތްގޮތަށް ތަހުލީލުތައް ކުރެވޭނެ މަގުތައް ފަހިކޮށްދެވޭ ތޯ މަސައްކަތް ކުރެވޭ ލެބޯޓްރީ ނެތްކަމުގައި ވިޔަސް."
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ލެބޯޓްރީ ކަންކަމުގެ ހިދުމަތް ފަސޭހަކޮށް ފޯރުކޮށްދިނުމަކީ ސަރުކާރުން ސިއްހީ ދާއިރާއަށް އެޅި މުހިއްމު ހަރުދަނާ ފިޔަވަޅެއް ކަމަށާއި މި ހަރުދަނާ ނަތީޖާގެ ހެޔޮ ނަތީޖާ މުޅި ރާއްޖެއަށް ފެނިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ. މި ހިދުމަތަކީ އާންމުންގެ ދުޅަހެޔޮކަމަށް ސިއްހަތަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް އަމީން ވިދާޅުވަމުން ފާހަގަކުރެއްވީ ކިތަންމެ ވިއްސާރައަސް އާދައިގެ ހަކުރު ޓެސްޓެއް ހަދާލަންވެސް އެހެން ރަށަކަށް ދެން ދާން ނުޖެހޭނެ ކަމަށެވެ.

އަމީން ވިދާޅުވީ ހޮސްޕިޓަލުންނާއި ލެބޯޓްރީން ދެވޭ ފަރުވާއަކީ ހަމައެކަނި ސިއްހަތް ދެވެން ހުރި ފަރުވާ ނޫން ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އާބާދީއެއް ގޮތުގައި މުޖުތަމައެއްގެ ގޮތުގައި ހުރިހާ ރައްޔިތުންވެސް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް އަމީން ވިދާޅުވިއެވެ. ކުދިކުދި ހިތްފަސޭހަ މާހައުލުގައި ދިރިއުޅޭއިރު އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީއިން މަރުވެގެންދާ މީހުންގެ ތެރެއިން 84 އިންސައްތަ މީހުންނަކީ ގައިން ގަޔަށް ނާރާ ބަލީގައި މަރުވެގެން ދާ މީހުންކަން އަމީން ފާހަގަކުރެއްވިއެވެ. މީގެ ތަފްސީލަށް ދާއިރު ކޮންމެ ރައްޔިތަކުވެސް ކަންބޮޑުވާން ޖެހޭ ކަންކަން އެބަހުރިކަން ވިދާޅުވެ އަމީން ފާހަގަކުރެއްވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އާބާދީ އިތުރުވަމުންދާ ކަމަށާއި ފިރިހެނުންގެ ތެރެއިން 42 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކަމެވެ. ހަމައެއާއެކު ހަކުރު ބަލީގެ މައްސަލަތަކާއި ހިތުގެ ބަލީގެ މައްސަލަތައް މި މުޖުތަމައުގައި އާންމު ވަމުންދާ ބަލިތައް ގޮތުގައި އަމީން ފާހަގަކުރެއްވިއެވެ.