ދިވެހި މަސްވެރިޔަކު ބޭނި މަހެއްގައި ﷲ ގެ އިސްމުފުޅު ލިޔެވިފައި ވަނިކޮށް ފެނިއްޖެއެވެ.

މަސްވެރިއަކު މިއަދު ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައި ވާ ފޮޓޯއެއްގައި ވަނީ، ﷲ ގެ އިސްމުފުޅު ލިޔެވިފައިވާ މަހެކެވެ. އެ ފޮޓޯގައި ވަނީ ކަނޑުމަހެއްގެ ބަނޑު ކައިރީގައި ﷲ ގެ އިސްމުފުޅު ލިޔެވިފައެވެ.

އެހެން ނަމަވެސް އެއީ ކޮން ދޯންޏެއްގެ ކޮން މަސްވެރިޔަކު ބާނައިފައިވާ މަހެއް ކަމެއް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ. މި ކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގައިވެސް ﷲ ގެ އިސްމުފުޅުވާ ތަކެތި ފެނިފައި އެބަހުއްޓެވެ.