ޝަހުސު އޮޅުވާލައިގެން، ފޭކް ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު އަންހެނަކު އަނެއްކާވެސް ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ނަކަލު ކޮށްފައިވާ (ކައުންޓާފީޓް) ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ބިދޭސީ އަންހެނަކު އިމިގްރޭޝަނުން ހުއްޓުވާފައިވާ ކަމަށެވެ. އަދި މިކަމުގައި އެހީތެރިވާން އުޅުނު އިތުރު ބިދޭސީ ފިރިހެނެއް ވެސް ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އިމިގްރޭޝަނުން މި މީހާ ހުއްޓުވާފައިވާ އިރު، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ގިނަ މީހުން އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 24 ވަނަ ދުވަހުވެސް ފޭކް ޕާސްޕޯޓުގައި ރާއްޖެ އެރެތެވާން އުޅުނު އަންހެންކު ވަނީ ހުއްޓުވާފައެެވެ. އަދި މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެސް، ސައްހަ ޕާސްޕޯޓަށް ބަދަލު ގެނެސްގެން، ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުން ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތް ކުރި 3 ބިދޭސީ އަކު އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

މި އަހަރު މިހާތަނަށް ފޭކް ޕާސްޕޯޓު ހަދައިގެން އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ބިދޭސީންގެ އަދަދު 20 އަށް އަރާފައިވާއިރު، މިހާރުވެސް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ ތެރެއިން ގިނަ ބިދޭސީ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނެވެ.