ބާޒާރު މަތީ މާރުކޭޓު ސަރަހައްދުގައި ހުންނަ އާންމު ފާހާނާ ބަރީގައި ބޮޑުތަޅު އަޅުވައިފިއެވެ. ސިޓީކައުންސިލުން އެކަން ކޮށްފައިވަނީ ފުލުހުންގެވެސް އެހީތެރިކަމާއެކު ކަން ވަނީ އެނގިފައެވެ.
ބިދޭސީން މަސައްކަތް ކުރާ ބޯ ކޮށާ ތަނެއް އެ ފާހާނާ ބަރީގެ އެތެރޭގައި ހިންގާ ވާހަކަ 'ދަޕްރެސް' ނޫހުގައި މިދިޔަ ހުކުރު ދުވަހު ވާނީ ޝާއިއުކޮށްފައެވެ. އެ ރިޕޯޓުގައި ބިދޭސީން އެތާނގައި މަސައްކަތް ކުރަމުން ދާ ގޮތާއި އެ ތަނުގެ ވެރިން އެމީހުނަށް ނޭނގޭ ކަމަށްވެސް ބުނެފައި އޮންނާނެއެވެ.
'ދަޕްރެސް'ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔަ އިރު އެތާނގައި ތަޅުލައިފައި ހުރުމުން އެކަން ކުރަމުން ދިޔަ ވަގުތުގެ ފޮޓޯއެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ޖޫން 8، 2010 ގައި މާލޭގައި އާންމު ފާހާނާ ބަރިތަކެއް ހަދާ ހިންގަން ފެށީ މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށާއި ދަތުރުވެރިންނަށް ފާހާނާ ކޮށްލައި ހެދުމުގެ ފަސޭހަކަން ހޯދައި ދިނުމަށެވެ. ނަމަވެސް އެތަންތަނުގެ އެގްރީމަންޓުގެ މުއްދަތު ހަމަވެ ދެން އެގްރީމަންޓް އާކުރި ފަހުން އެފާހާނާ ބަރިތައް އެންމެ އެކަށޭނަ ގޮތެއްގައި ބެލެހެއްޓިފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ބާޒާރުމަތީގައި ހުރި ފާހާނާ ބަރީގައި ބޮޑުތަޅު އެޅުވި އިރު އެތާނގެ އެތެރޭގައި ބޯކޮށާތަނެއް ހަދައިގެން ބިދޭސީން ތިބެ އެކަން ހިންގާތާ އެތައް ޒަމާނެއް ވެފައި ވާއިރު ދައުލަތުގެ ކަމާބެގޭ މުއައްސަސާތަކުން ފިޔަވަޅެއް އަޅާފައި ނުވެއެވެ.
ދޮރު ހަރުކުރީ އަނެއް ދުވަހު ހުޅެއް ނުހުންނޭނެ! އާ ފާހާނާ ތައްޓެއް ހަރުކުރީ އަނެއް ދުވަހު ތަށި ހުންނާނީ ތަޅާލާފައި، ފާރުގައި ކުލަ ލީ، އަނެއް ދުވަހު ހުންނާނީ ކޮންމެވެސް އަވަގުރާނެ އެއް ލިޔެފައި، އިސްކޫރު ހަރު ކުރީ އަނެއް ދުވަހު ހުންނާނީ އިސްކޫރު ބިންދާލާފައި... ފާހާނާގެ ސީލިނގުގެ ފިލާތައް ނައްޓާފައި އެތަނަށް ބޯންގެންގުޅޭ ތެޔޮ ބިޑި ތައް ރައްކާކުރޭ... ފާހާނާ ބަލަހައްޓަން ހުންނަ ބަންގާޅީ ހުންނަނީ ބޯ ހަތަނުން ފަޅާލާފައި، ވަޅިން ބިރުދައްކާ... ފާހާނާ އާއި ހަވާލުވެ ހުންނަ ބޮޑު މީހާއަކީ ވެސް ލާރިޖަހާ މެޝިނެއް ނޫން.. އޭނާއަށް ވެސް ތަން ބެލެހެއްޓޭނީ ވަކި ވަރަކަށް ދެއްތޯ! މީ ހާލަތު.. ދިވެހިން ފުރަތަމަ ތަހުޒީބު ވާންވީއެވެ.
ތިޔަތަން ބަންދު ކުރީ ތިޔަތަނުގައި ބޮޑު މަރާމާތެއް ކުރަނިކޮށް! ޖުލްލަކޮށް މާލޭގެ ހުރިހާ ފާހަނަތަކެއްގައި... އަދި ދަންނަވަން ތިޔަ ތަންތަން ކިތަންމެ ވަރަކަށް މަރާމާތު ކުރިޔަސް އަނެއް ދުވަހު ހުންނާނީ ކުރިން ހުރިގޮތަށް. ދިވެހިން ތަހުޒީބު ވެގެން ތަންތަން ތާހިރުކޮށް ވެސް ހުންނާނީ.... ބޯކޮށާތަން ހިންގަނީ ހުއްދަ ލިބިގެން އެނގޭތީ މިބުނީ...