ކުޑަކުދިންގެ މުނިފޫހިފިލުވުމާ ދޭ މީހެއްގެ ރޯލަށް ބަދަލުވާންޖެހުނީ އަދުގެ މުޖުތަމައު އަމިއްލަ އެދުމުން ފުރި، އަނެކުންގެ މައްޗަށް އިތުބާރު ގެއްލިފައިވާ މިންވަރު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކަމަށް އެމެރިކާގެ މަޝްހޫރު އެކްޓާ އަދި ފިލްމް ޕްރޮޑިއުސާ ޓޮމް ހޭންކްސް ބުނެފިއެވެ.

ޓޮމް ހޭންކްސްގެ އާ ފިލްމް "އަ ބިއުޓިފުލް ޑޭ އިން ދަ ނެއިބާހުޑް"އާއި ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުނީ، އަމިއްލަ އެދުމާ މަސްލަހަތު އިސްކުރުމާ އަނެކުންގެ މައްޗަށް އިތުބާރު ގެއްލުމަކީ މިހާރު އާންމު ދިރިއުޅުމުގެ ބަޔަކަށްވެފައިވާކަމަށެވެ.

"އަ ބިއުޓިފުލް ޑޭ އިން ދަ ނެއިބާހުޑް"ގައި ޓޮމް ހޭންކްސް އަދާކުރަނީ އެމެރިކާގައި ކުޑަކުދިންގެ ޝޯތައް ހޮސްޓްކުރުމުގައި ގިނަ ބައެއްގެ ލޯބި ހޯދި ފްރެޑް ރޮޖާޒްގެ ރޯލެވެ.

"އަ ބިއުޓިފުލް ޑޭ އިން ދަ ނެއިބާހުޑް" ބިނާކޮށްފައިވަނީ ރޮޖާޒްއާއި ނޫސްވެރިއަކާ ދެމެދު ހިނގާދާ ކަންތައްތަކެއްގެ މަޗަށެވެ.