އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން ބްރިޓިޝް އެއާވޭޒްގެ ޕައިލެޓުން ފެށި ވަރުގަދަ ހަޅުތާލާއެކު އެ އެއާލައިންގެ ހުރިހާ ފްލައިޓެއްހެން ކެންސަލްކޮށް، ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކަށް ބުރޫ އަރަން ފަށައިފިއެވެ.

ބްރިޓިޝް އެއާވޭޒްގެ ޕައިލެޓުން ބޮޑު ހަޅުތާލެއް ފަށާފައި މިވަނީ، މުސާރަ ބޮޑުކުރުމަށް ކުރި ޑިމާންޑާއެކު ދިން ސުންގަޑި ހަމަވިއިރުވެސް އެކަމަށް އެދެވޭ އިޖާބައެއް ލިބިފައި ނުވާތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއަދުން ފެށިގެން 48 ގަޑިއިރުވަންދެން ބްރިޓިޝް އެއާވޭޒްގެ ޕައިލެޓުން ހަޅުތާލުކުރަމުންދާއިރު، މައްސަލަ ހައްލު ނުވެއްޖެނަމަ މިމަހުގެ 27 ވަނަ ދުވަހުވެސް ހަޅުތާލު ކުރާނެ ކަމުގެ އިންޒާރު، ޕައިލެޓުންވަނީ ދީފައެވެ.

ބްރިޓިޝް އެއާވޭޒްގެ ޕައިލެޓުން ބުނަމުންދަނީ ކުންފުންޏަށް ލިބޭ ފައިދާ މިހާރަށްވުރެ އިތުރަށް ޕައިލެޓުންނަށް ހިއްސާކުރެވެންޖެހޭ ކަމަށެވެ. ނަމަވެސް އެއާލައިން ބުނަމުންދަނީ ޕައިލެޓުންގެ ޑިމާންޑަކީ ދެކޮޅުޖެހޭ ޑިމާންޑެއް ނޫންކަމަށާ އެމީހުންނަށް މިހާރުވެސް ދެމުންދަނީ ރަނގަޅު އުޖޫރައެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ފަރާތްޕުޅުން އޭނާގެ ތަރުޖަމާނަކުވަނީ، އެއާލާއިނާ ޕައިލެޓުންވެސް ދޫދިނުމަށް ގޮވާލައްވާފައެވެ.