ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބެޓް މުގާބޭ އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 95، އެކެވެ.

މުގާބޭއަކީ އެ ގައުމުގައި 30 އަހަރު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ އެގައުމުގެ ފުރަތަމަ ބޮޑުވަޒީރު ވެސްމެއެވެ. ބޮޑުވަޒީރު ކަމުގައި މުގާބޭ ހުންނެވީ 1980ވަނަ އަހަރުން ފެށިގެން 1987ވަނަ އަހަރާއި ހަމައަށެވެ. މުގާބޭއަކީ އެގައުމުގެ ދެވަނަ ރައީސެވެ. ރައީސްކަން ކުރެއްވީ 1987ވަނަ އަހަރުން 2017ވަނަ އަހަރާއި ހަމައަށެވެ.

މުގާބޭ މަގާމުގައި ހުންނަވަނިކޮށް އެގައުމުގެ އަސްކަރިއްޔާއިން ވަނީ ބަގާވާތެއް ކޮށްފައެވެ. އެކަމުގެ ސަބަބުން އޭނާ މަގާމުން އިސްތިއުފާ ދިނެވެ. އެ ބަޣާވާތް ކުރީ މުގާބޭ ނޮވެމްބަރު ހަޔެއްގައި އޭނާގެ ނައިބު ރައީސް އެމާސަން މަނަންގާގުވާ މަގާމުން ދުރުކުރެއްވި ފަހުންނެވެ.

މުގާބޭ އަވަހާރަވީ އާލާސްކަންފުޅެއްގައި އުޅެނިކޮށެވެ. އަދި އެކަމުގައި މުގާބޭ ދިޔައީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ.

މުބާގޭ ވަނީ ޒިމްބާބްވޭގެ އެފަރިކަން ނޭޝަނަލް ޔޫނިއަން 1975 ވަނަ އަހަރުން ފެށިގެން 1980 ވަނަ އަހަރާއި ހަމައަށް ޗެއާކަން ވެސް ކުރައްވާފައެވެ.