އެމްޑީޕީ ބުނާ "ބަޣާވާތް"، ފެބްރުއަރީ 7 ގައި ސަލާމަތީ ބާރުތަކުން 'އަމުރަށް ނުކިޔަމަންތެރިވުން' ތަހުގީގު ކޮށް ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ފެންރުއަރީ 7 އަށް އަލުން އެނބުރި ގޮސްފި ނަމަ ގައުމުގެ މަސްލަހަތު ގެއްލިގެން ދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.
ނަޝީދު ވިދާޅުވީ، ފެބްރުއަރީ 7 ގައި ހިނގައި ދިޔަ ކަންތައްތައް ބަލުމަކީ ގައުމަށް ގެއްލުމެއް ލިބިދާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަން ބަދަލުވި ދުވަހު ސަލާމަތީ ބާރުތަކުން ނުކުމެ 'އަމުރަށް ނުކިޔަމަންތެރި ވި' ސަބަބު ބަލަން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވެއެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ގަބޫލު ކުރާ މީހުން އަދިވެސް ގިނަ އެވެ. އަދި އެ ދުވަހުގެ އެ ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ކޯނީން ނިންމާފައި ވާ ނިންމުމާމެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދާ، ކޯނީ ރިޕޯޓުގެ ނިންމުމަކީވެސް ބަޣާވާތަކުން ވެރިކަން ބަދަލު ކުރުން ކަމަށް އެމްޑީޕީން ދަނީ ތުހުމަތު ކުރަމުންނެވެ.
ފެބްރުއަރީ 7 ގެ ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ކޮމެޓީން 6 މަސް ވާންދެން ކުރި މަސައްކަތަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފު މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ.
އެހެންތަބުނީ؟ ނުކިޔަމަންތެރި ވި މައްސަލަ ބަލާަ ކަށްނޫންތަބުނީ؟