ހާލު ބޮޑު ބަލިމީހަކު އައިޖީއެމްއެޗަށް ފަރުވާ ހޯދުމަށް ގެންދިއުމަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޕިންކް ރެންޓަލްސްގެ ހަތްވަނަ ފަންގިފިލާގައި އޮތް ހާލު ބޮޑު މީހަކު ފަރުވާ ހޯދުމަށް، އައިޖީއެމްއެޗްއަށް ގެންދިއުމަށް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މީހާ ސްޓްރެޗާއެއްގެ އެހީގައި ތިރިއަށް ބޭލުމުގައި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއާއި، އެމްއެންޑީއެފްގެ މެޑިކަލް ކޯޕްސްއިން ހަރަކާތްތެރިވިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ހަތް ވަނަ ފަންގިފިލާއިން ބަލިމީހާ ބޭލުމުގައި ބޭނުންކުރީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގައި ބޭނުންކުރާ ހާއްސަ އަށިގަނޑުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ މީގެ ކުރިންވެސް މިފަދަ ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެކި ރަށްރަށުގައި ތިބި ބަލި މީހުން މާލެއަށް ފަރުވާ ހޯދުމަށް ގެނައުމަށްވެސް އެމްއެންޑީއެފްގެ ހެލިކަޕްޓްރުގެ އެހީގައި އެމީހުން މާލެ ގެނެސްފައި ވެއެވެ.