ޑިޒްނީގެ ލައިވް އެކްޝަން ރީމޭކްގެ ޗޭނަށް އަލަށް އިތުރުވާ "ލިޓްލް މާމެއިޑް"ގެ ކާސްޓުން ހެރީ ސްޓައިލްސް ނުފެންނާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

"ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ރީމޭކްގައި ޕްރިންސް އެރިކްގެ ރޯލުން ފެނިގެންދާނީ ހެރީ ސްޓައިލްސްކަމަށް އަޑުފެތުރިގެން ދިޔަ ނަމަވެސް، މަޝްހޫރު މިއުޒިކް ބޭންޑް "ވަން ޑައިރެކްޝަން"ގެ ތަރި، ހެރީ ސްޓްއިލްސް މިހާރު މިފަދަ މަޝްވަރާތަކެއްގައި ޝާމިލު ނުވާކަމަށް ޚަބަރު ލިބެއެވެ.

"ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ރީމޭކްގައި އޭރިއެލްގެ ރޯލުން ފެނިގެންދާނީ ހެލީ ބެރީއެވެ. އާސެލާގެ ރޯލުން މެލީސާ މެކާތީ ފެނިގެންދާއިރު، ފްލައުންޑާގެ ކެރެކްޓާއަށް އަޑުއަޅާދެނީ ޖޭކަބް ޓްރެމްބްލޭއެވެ.

"ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ރީމޭކް ޕްރޮޑިއުސް ކުރަނީ، "މޭރީ ޕޮޕިންސް ރިޓާންސް" އާއި "އެލާޑިން"ގެ ލައިވް އެކްޝަން ރީމޭކްގައިވެސް މަސައްކަތްކުރި މާކް ޕްލެޓްއެވެ.