މިހިނގާ 1440 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށް ބެލެވޭ ޙާޖީއަށް މައްކާއަށް ދެވިއްޖެއެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ މީހެއް ކަމަށް ރެކޯޑްކުރެވިފައި ވަނީ ތައިލޭންޑްގެ އަންހެނެއް ކަމަށްވާ ނޯ ލަނާއީއެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ އުމުރުން މިހާރު 102 އަހަރު ފުރިއްޖެއެވެ.

ނޯ ކިއާދީފައިވާ ގޮތުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އޭނާ ނިޔަތް ގަނެގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް މި ނޫނީ ޙައްޖުގެ އަޅުކަން އެދިގެން މައްކާއަށް ދެވުނު ފަހަރެއް ނެތްކަން ނޯ އުފަލާއެކު ފާހަގަކުރެއެވެ.

ނޯ މައްކާއަށް ގޮސްފައި ވަނީ އޭނާގެ ފިރިހެން ދަރިފުޅާ އެކުގައެވެ.

ޙައްޖުގެ އަޅުކަމަކީ ޖިސްމާނީ ކުޅެދުންތެރިކަމާ އޭގެ ބާރު އިންތިހާއަށް ބޭނުންވާ އަޅުކަމަކަށްވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ފުރޮޅުލީ ގޮނޑިއެއްގައި އުޅުމަށް ނޯއަށް ލަފާދީފައެވެ. ނަމަވެސް ޙައްޖުގެ އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން ނޯ ވަނީ އޭނާގެ ހަށިގަނޑު ވަރަށް ފުރިހަމައަށް ތަމްރީނުކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ގަވާއިދުން ކަސްރަތު ކުރާއެވެ.

ނޯ ބުނާ ގޮތުގައި އޭނާ މިހާރު ހުރީ ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުންވެސް ޙައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވެގެންނެވެ. އޭނާގެ އުއްމީދަކީ ޙައްޖުގެ އަޅުކަމަށް އުއްމީދު ކޮށްގެން ތިބި މުސްލިމު އަޚުންނާ އުޚުންތުންގެ ހުވަފެންތަކުގައިވެސް ހަގީގީ ކުލަޖެހިގެންދިއުމެވެ.