އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީ (ކޮންގްރެސް)ގެ ސެކްރެޓަރީ ޖެނެރަލް ޕްރިޔަންކާ ގާންދީ ވަދުރާ ހައްޔަރު ކޮށްފިއެވެ.

ޕްރިޔަންކާ ގާންދީ ހައްޔަރު ކޮށްފައި ވަނީ އުއްތަރަ ޕްރަދޭޝްއިން ކަމަށް މައުލޫމާތު ލިބެއެވެ.

ޚަބަރު ލިބޭ ގޮތުގައި ޕްރިޔަންކާ ގާންދީ ހައްޔަރު ކުރެވިފައި ވަނީ، ބިމުގެ މައްސަލައެއްގައި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށް ބަޔަކު މަރާލި ހާދިސާ ހިނގި ސަރަހައްދަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ޕްރިޔަންކާ ގާންދީ ހައްޔަރު ކޮށްފައި ވަނީ، ހާދިސާ ހިނގި ސަރަހައްދުގައި އިންޑިއާގެ ގާނޫނުލްއުގޫބާތުގެ 144 ވަނަ މާއްދާ ތަންފީޒު ކުރުމަށް ފަހުގައެވެ. އެ ސަރަހައްދަށް ޕްރިޔަންކާއަށް ވަދެވުމުގެ ކުރިން މި މާއްދާ ތަންފީޒު ކުރަން ފަށާފައި ވާއިރު، މިމާއްދާގައި ބުނަނީ 4 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ޖަމާއަތް ހަދައިގެން އެ ސަރަހައްދުގައި ނޫޅެވޭނެ ކަމަށެވެ.

ޖުލައި 17 ވަނަ ދުވަހު ހިނގާދިޔަ ބަޑީގެ ހަމަލާތަކުގައި 9 މީހަކު މަރުވިއިރު، މިމައްސަލައާއި ގުޅުންހުރި 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.