ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި ދިރިއުޅެމުން އަންނަ މީހެކެވެ. އުމުރު ދުވަހުގެ މަސައްކަތުން އެއްކުރި ފައިސާ ކޮޅުން 'ޙައްޖަށް ދިއުމަށް ކުރި ފޮނި ޢުއްމީދުގައި' ކޮޅުފައިން ޖެހީ ޚުދު އޭނާގެ އަމިއްލަ ދަރިންނެވެ. އެ ދަރިން ބައްޕަ ދެކެ ރުޅި އައިސްގެން، ބައްޕަގެ ހަށިގަނޑަށް އަނިޔާކޮށް ތަޅާ ހެދީ، މަޖަލާ ސަކަރާތަށް "ތަޅާލަން" އެ ފައިސާކޮޅު ނުދީގެންނެވެ.

މައިންބަފައިންނަކީ އެމީހުންނަށް ލިބުނު ދެ ލާރިވެސް ދަރިންގެ ޙައްގުގައި ހަރަދުކުރާ ބައެކެވެ. އެ މީހުންނަށް ނުލިބުނު ކިތަންމެ އެއްޗެއް ދަރިންނަށް ހޯދައި ދޭ ބައެކެވެ. ދެތިން ދުވަހު ބަނޑަށް ހުންނަންޖެހުނަސް، ގަޑިންގަޑިއަށް ދަރިފުޅަށް ކާބޯތަކެތި ހޯދައި ދެވޭތޯ ގަދައަޅާ މަސައްކަތްކުރެއެވެ. މި ބައްޕައަކީވެސް އެފަދަ ބައްޕައެކެވެ. ނަމަވެސް، ދަރިންގެ ހިތުގައި އަގަލެއް، ކުލުނެއް ނެތީއެވެ.

ދަރިންނަށް ނުދީ ބައްޕަ ފައިސާގެ ބޭނުންކުރީއޭ ބުނެ އެ ބައްޕަގެ ލޭ ހިނގާ ދަރިން، އެ ބައްޕަ ގައިގައި ތެޅީ ގައިން ލޭ އޮހެރެންދެކަށެވެ. މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި، ދަރިންގެ ހަމަލާތަކުގެ ޝިކާރައަކަށްވެ، ބޮލަށް އެނބުރުން އަރާފައިވާ ޒާތަކަށް އެ ބައްޕަ އިންނަނީ ތެދުވެލާނެ ވަރުވެސް ނެތް ހާލުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ދަރިން އޭނާގެ ގައިގައި މިވަރަށް ތަޅާ އަނިޔާ ކުރީ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ހުވަފެނުގައި ހަގީގީ ކުލަޖެހުނަ ނުދިނުމުގެ މަގުސަދުގައެވެ.