1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާއިން ރާއްޖެ ގެނައުން ލަސްވެގެން ދަނީ ލިއެކިޔުންތައް ހަަމނުޖެހި ދިގުލައިގެންދާތީ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ ރާއްޖެ ގެނައުމަށް ކަމާބެހޭ އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ލިއެކިޔުންތައް މިހާތަނަށް ފުރިހަމަ ވެފައި ނުވާކަމަށާ، ފުލުހުން އުންމީދު ކުރަނީ ލިއެކިޔުންތައް ހަމަޖެހުނުހާ އަވަހަކަށް އޭނާ ރާއްޖެ ގެނެވޭނެކަމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާރު ފުލުހުންގެ ހާއްސަ ޓީމެއް ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން ދާކަަމަށްވެއް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އޭނާ ރާއްޖެ ގެނެވުނުހާއަވަހަކަށް ކަރެކްޝަންސް ގެ ބެލުމުގެ ދަށަށް އޭނާ ގެންދާނެ ކަމަށެވެ.

ލުތުފީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮނުވުމުން، 2010 ވަނަ އަހަރުން ފެށިގެން އޭނާ ހުންނަނީ ލަންކާގައި ފިލައިގެންނެވެ. އަދި އޭނާ ލަންކާގައި އުޅެމުންދަނީ ނަން ބަދަލުކޮށްގެން ޒާންގެ ނަމުގައި ކަމަށް މައުލޫމާތު ލިބެއެބެ. ލުތުފީ އަކީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި މުޅި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ގައިދީއެކެވެ.

ލުތުފީ އާއި ދިވެހިންގެ ތެރެއިން މަދުބަޔަކު ރާއްޖޭގެ ވެރިކަމުގެ މައްޗަށް އަތްގަޑަކުރަން، ސްރީލަންކާގެ ޕްލޮޓް ޖަމާއަތާއި ގުޅިގެން ގެންނަން އުޅުނު އުދުވާނުގައި ދިވެހިންގެ ތެރެއިން 19 މީހަކު ޝަހީދުވިއެވެ.