ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫއްޕުގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރާ އިންތިހާބު އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ހަވީރ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ ޕާލިމެންޓްރީ ގްރޫއްޕލުގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ކުރިމަތިލާ މަގާމު އެނގޭނެގޮތަށް ޕާޓީގެ ސެކްރެޓޭރިއޭޓަށް ލިޔުމުން ފޮނުވުމަށެވެ.

އެމްޑީޕީ ޕީޖީ އަށް އިންތިހާބު ކުރާ މަގާމުތަށް؛

  • ޕީޖީ ލީޑަރު
  • ޕީޖީ ޑެޕިއުޓީ ލީޑަރުން (2)
  • އާމީން އާންމު
  • އަމީން އާންމުގެ ނައިބު
  • ޗީފް ވިޕް
  • ވިޕުން (6)

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫއްޕަށް މެންބަރުން އައްޔަން ކުރުމަށް އިންތިހާބު ބާއްވަން ނިންމާފައިވާ އިރު، އިދިކޮޅު ޕީޕީއެމުން ވަނީ، އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް އެ ޕާޓީގެ ޕީޖީ ލީޑަރަކަށް އައްޔަން ކުރައްވާފައެވެ. އަދި ޕީޕީއެމް/ޕީއެންސީ ގެ ޖޮއިންޓް ޕާލިމެންޓް ލީޑަރަކަށް ވެސް އޭނާ ވަނީ ހޮވާފައެވެ.