ޓެރަރިޒަމަށް ހަރަދުކުރުން ހުއްޓުވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ފައިނޭޝަނަލް އެކްޝަން ޓާސްކް ފޯސް (އެފް.އޭ.ޓީ.އެފް) އިން، ޕާކިސްތާނުން އަމަލުކުރަންޖެހޭ ކަމަށް ކަނޑައެޅި 27 އެކްޝަން ޕޮއިންޓްގެ ތެރެއިން 25 ކަމެއް ކުރުމަށް އެ ގައުމު ފެއިލްވެއްޖެއެވެ.

ޕާކިސްތާނުން ބަލާ، އިސްލާހު ކުރަންޖެހޭ ކަމަށް އެފް.އޭ.ޓީ.އެފް އިން ކަނޑައެޅި އިސްލާހީ ނުކުތާތަކުގެ ތެރޭގައި ލަކްޝަރޭ ތޮއިބާއާއި ޖާއިޝީ މުހައްމަދާ، ޖަމާއަތުއް ދައުވާ އަދި ފަލާހީ އިންސާނިއްޔަތު ފައުންޑޭޝަނަށް މާލީ އެހީތެރިކަން ލިބެމުންދާ ގޮތް ބަލާ ހޯދުން ހިމެނެއެވެ.

އެފް.އޭ.ޓީ.އެފްއިން ބުނާ ގޮތުގައި މި ޖަމާއަތްތަކަށް ހާއްސަކުރެވިފައިވާ މަދަރުސާތަކާއި، ސްކޫލާއި، ކުލިނިކު އަދި އެމްބިއުލާންސް ފަދަ ހިދުމަތްތަކަށް ހަރަދުކުރުމަށްހަތް މިލިއަނެއްހާ ޑޮލަރު ވަނީ ކަނޑައެޅިފައެވެ. އެހެންކަމުން މިއީ ކިހިނެއް ކަނޑައެޅުނު ފައިސާއެއްތޯ އެފް.އޭ.ޓީ.އެފްއިން ވަނީ ޕާކިސްތާނާ ސުވާލުކޮށްފައެވެ.

މިހާރުވެސް އިގުތިސޯދީ އަދި މާލީ އަނދަވަޅަކަށް ވެއްޓިފައި ޕާކިސްތާނަށް އައި.އެމް.އެފްއާއި ވާލްޑް ބޭންކު ފަދަ ޖަމިއްޔާތަކުގެ އެހީ ބޭނުންވާއިރު، އެފް.އޭ.ޓީ.އެފްއިން ފޯރުކޮށްދޭ މައުލުމާތެއްގެ މައްޗަށް ބިނާކޮށް މި ޖަމިއްޔާތަކުން ޕާކިސްތާނަށް އެހީފޯރުކޮށްދިނުމުގައި އިތުރު ހުރަސްތަކެއް ކުރިމަތިވެގެންދާނެއެވެ.

އެފް.އޭ.ޓީ.އެފްއިން ކަނޑައަޅާފައިވާ 27 ނުކުތާއަށް ރިއާއަތްކުރުމަށް ޕާކިސްތާނަށް އަޑި ކުޑަ ފުރުސަތެއް އެބައޮތެވެ. މިކަންކަމަށް ރިއާޔަތްކޮށް ހައްލު ހޯދުމަށް އެފް.އޭ.ޓީ.އެފް އިން ޕާކިސްތާނަށް ދިން ސުންގަޑި ހަމަވާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.