ފޭސްބުކް ޕޭޖް މެދުވެރިކޮށް އުމަރު ނަސީރު މިއަދު ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް އުފެދޭ ކޮންމެ ފަހަރަކު އިންޑިއާގެ ކުންފުނިތަކަށް ގައުމުގެ ބިންތަކާއި މުދާތަކާއި ދައުލަތުގެ މަސައްކަތްތައް ހަވާލުކުރާ ކަމަށެވެ. އަދި ދިވެހި ކުންފުނިތަކަށް މި މަސައްކަތްތައް ހަވާލު ކުރުމުގެ ބަދަލުގައި އިންޑިއާގެ ކުންފުނިތަކަށް ހަވާލުކުރާ މަގުސަދާ މެދު އޭނާ ސުވާލު އުފެއްދެވިއެވެ.
2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން އިންޑިއާއާ ގުޅުން ހުރި އެކިއެކި ކުންފުނިތަކަށް ދިން ދައުލަތުގެ މަސައްކަތްތަކުގެ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މާލޭގައި ހުރި އެންމެ އަގުބޮޑެތި ބިންތައް ޓާޓާ ކުންފުންޏަށް ފްލެޓް އެޅުމަށް ދިން ކަމަށެވެ. އޭގެއިތުރުން ކުނި ނައްތާލުން 20 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ޓެޓުއާ ކުންފުންޏަށް ދިނުމާއި، އައިޖީއެމްއެޗް ހިންގުން 15 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި އެޕޯލޯ ކުންފުންޏަށް ދިނުމާއި، ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު އެއާޕޯޓް 25 އަހަރު ދުވަހުގެ ކޮންޓްރެކްޓަކަށް ޖީއެމްއާރަށް ދިނުން ފާހަގަ ކުރެއްވިއެވެ.
އަދި އައްޑޫ އަތޮޅުގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބައި ވޯޓާ ކުންފުންޏަށް ހަވާލު ކުރުމާއި، ގުޅީ ފަޅު ހިއްކައިގެން ތަރައްގީ ކުރުމަށް ސީއައިއެފްއެލް ކިޔާ އިންޑިއާގެ މީހަކު ހިންގާ ކުންފުންޏަކަށް ދިނުމުގެ އިތުރުން ޣިޔާސުއްދީން ސްކޫލް ހިންގުން އިންޑިއާގެ ކުންފުންޏަކަށް ދިނުމާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމުގެ ދޮރުވެސް ހުޅުވައިދިނީ 2010 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ކަމަށް އުމަރު ވިދާޅުވިއެވެ.
މިހާރު އައްޑޫ އަތޮޅު ގަމާއި، ލ. އަތޮލުގައި އިންޑިއާގެ 150 އެއްހާ ސިފައިން ގާއިމް ވެފައި ތިބިކަން ފާހަގަކުރައްވަމުން އޭނާ ވަނީ އިނޑީއާގެ ދަށުވެގެން އުޅުމުގެ ވިސްނުމެއް އެމްޑީޕީން ގެންގުޅެނީ ކީއްވެތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.
ދިވެހިންގެ ގޮތުގައި އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިންގުމުގެ ވިސްނުން އެމްޑީޕީން ގެންގުޅެން ފަށަން ވެއްޖެ ކަމަށް އުމަރު ވިދާޅުވިއެވެ. މިހާރު މި ގައުމުގެ އަމިއްލަ ވަންތަކަމާއި، މިނިވަންކަމާއި، ދައުލަތުގެ ވިޔަފާރިތައް ފުނޑުފުނޑުވެގެން ގޮސް އިންޑިއާގެ އަޅުވެތިކަމާ ދިމާއަށް ދަތުރު ކުރަމުން ދާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ވަރަށްވެސް ސުވާލުގެ ޖަވާބު ސާފު. އެމްޑީޕީ ބޭނުންވަނީ ލާރި ލާރި ލާރި، ސޯ އިޓްސް ޔެސް ސަރ.