ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ކަނޑައަޅާނެ މެންބަރަކު ހޮވުމަށް ބާއްވާ އެޕާޓީގެ އެތެރޭގެ ވޯޓުލުން ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެއެވެ. މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކާމެދު އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވެ ބޮޑު ކޯޅުން ގަނޑެއް ހިނގާފައި ވާއިރު އެ މަގާމަށް ގެނައުމަށް ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު އޮތީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއެވެ.

މިރޭގެ ބައްދަލުވުމަށް މެމްބަރުން ވަޑައިގެންފައިވާ އިރު ޕާޓީގެ ގިނަ އާއްމު މެމްބަރުންވެސް ވަނީ މި ބައްދަލުވުން އަޑު އެހުމަށް ދަރުބާރުގެއަށް ވަދެފައެވެ.

އިތުރަށް ވިދާޅުވޭ...