އީރާނުން ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށާ، އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް ގަބޫލުކުރާނެ ގައުމެއް ނެތް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށިދާނެ ކަމަށް ގަބޫލުފުޅުނުކުރައްވާކަމަށާ، އީރާނާ ކުރިމަތިލެވިދާނެ ކަމުގެ އަވާމެންދުރަކީ އެއްވެސް ގައުމަކުން ބަލަމުންދާނެ މަންޒަރެއް ނޫންކަމަށްވެސް ޒަރީފު ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ހާރިޖީ ވަޒީރު މިފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައި މިވަނީ އީރާނުގެ އަމަލުތައް ހުރި ގޮތުން ކަމަށް ބުނެ، އެމެރިކާއިން މެދުއިރުމަތީގައި އެގައުމުގެ އަސްކަރީ ފިޔަވަޅިތިލަ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހަމަ މިއާއެކު ސައުދީ އަރަބިއްޔާގެ އިތުރުން އަރަބި ގަލްފުގެ ގިނަ ގައުމުތަކަކުން ވަނީ ގަލްފް ކަނޑުގެ ސަރަހައްދާ، ގަލްފްގެ އެކި ހިސާބުތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވުމުގެ އިޒުނަ، އެމެރިކާއަށް ދީ، އެކަން އިއުލާންކޮށްފައެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލާގައި އެމެރިކާ ރަތަށް އަރާ، ބައިނަލްއަގުވާމީ މުއާހަދާއިން ވަކިވި ނަމަވެސް، އެޓޮމިކް ހަކަތައާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައި.އޭ.އީ.އޭ)އިންވަނީ އީރާނުގެ ނިއުކްލިއާ މަޝްރޫއު ހިންގަމުންދަނީ ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އިމުގެ ތެރޭގައިކަން ފާހަގަކޮށްފައެވެ.