އީރާނުން ހަނގުރާމައެއް ކުރަން އުޅޭ ކަމަށް ބުނެ އެމެރިކާއިން ބޭކާރު ގޮތެއްގައި އަސްކަރީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާއިރު، އީރާނުންވެސް ދުލެއް ނުދޭނެ ކަމަށާ، އީރާނުންވެސް ދާނީ ރައްދުގައި ދޭނެ ދިފާއީ ހަމަލާތައް ވަރުގަދަ ކުރަމުން ކަމަށް އީރާނުގެ ޚަރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވެއްޖެއެވެ.

މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ޒަރީފު ވިދާޅުވީ އެމެރިކާއިން ފިއްތުންތައް ކުރިމަތިކޮށް އަސްކަރީ ފިޔަވަޅުތައް ވަރުގަދަ ކުރަމުން ދިއުމަކީ އަމިއްލަ މަރުވާން ހިންގާޒާތުގެ އަމަލުތަކެއް ކަމަށެވެ.

ކަންމިހެން އޮތްއިރު އެމެރިކާއިންވަނީ އީރާނާއެކު ހަނގުރާމައެއް ކުރަން އެގައުމުން ނުއުޅެ ކަމަށް ބުނެފައެވެ. އީރާނުންވެސް ވަނީ އެމެރިކާއާއި ދެކޮޅަށް ހަނގުރާމައެއް ކުރަން އެގައުމުން މަސައްކަތެއް ކުރަމުން ނުދާ ކަމަށް ބުނެފައެވެ. ނަމަވެސް ދެގައުމުންވެސް ދަނީ އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

މިއަދުގެ ވަގުތެއްގައި ޒަރީފު ޗައިނާއަށް ވަޑައިގަންނަވާނެއެވެ.