ރޭ އިޝާނަމާދު ވަގުތު ތ. ވިލިފުށީ ގެއަކުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެގެއިން ވައްކަން ކޮށްފައި ވަނީ ރޭ ގާތްގަނޑަކަށް 07:30 އާއި 08:55 އާދެމެދުގެ ވަގުތެއްގައި ކަމަށެވެ.

މި ވައްކަމުގައި ގާތަގަނޑަކަށް ތިން ލައްކައެއްހާ ރުފިޔާ ވަގަށް ނަގާފައި ވާކަމަށް ގޭގެ ވެރި ފަރާތުން މައުލޫމާތު ދީފައި ވާކަމަށް ފުލުހުން ބުނެއެވެ.

މި ވައްކަމުގައި ގޭގެ އެއްވެސް ތަނަކަށް ގެއްލުމެއް ދީފައި ނުވީ ނަމަވެސް އަލަމާރި އަށް ކޮންމެވެސް ވަރަކަށް ގެއްލުން ދީފައި ވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ފުލުހުން ދަނީ އާނމުންގެ މުދަލާ ފައިސާ ރައްކާތެރި ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރަމުންނެވެ. މިފަހަކަށް އައިސް ވައްކަމާ ފޭރުމުގެ މައްސަލަތައް ވަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި އިތުރު ވެފައެވެ.