އިންޑިއާގެ ފޫނާ ކައިރީގައި އޮންނަ އަވަށެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 5 މީހަކު މަރުވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފޮތި ގުދަނެއްގައިކަމަށްވާއިރު، މިހާދިސާގައި މަރުވެފައިވަނީ އެ ގުދަނުގައި މަސައްކަތްކުރާ ލޭބަރުން ކަމަށް މައުލޫމާތު ލިބެއެވެ. މިއަދު ފަތިހު ގުދަނުގައި ރޯވިއިރު، މި ލޭބަރުންނަކީ ކޮޓަރިއެއްގައި ނިދާފައި ތިބި މީހުން ކަމަށް ޚަބަރުލިބެއެވެ.

އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާއިރު، ޒަހަމްވީ މީހުންނަށް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.