ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ޕަޕުއާ ނިއުގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ބިންހެލުމުގެ ބާރު މިން ރެކޯޑް ކުރެވިފައިވަނީ ރެކްޓާ މިންގަނޑުން 7.2ގެ ބާރު މިނުގައެވެ. ބިންހެލުން އައިސްފައިވަނީ

ބިންހެލުމާ ގުޅިގެން ސީރިއަސް ގެއްލުންތަކެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕެސިފިކް ސުނާމީ ވޯނިންގް ސެންޓަރުން ބުނީ، ބިންހެލުން އައިސްފައިވާލެއް ފުންކަމުން، ސުނާމީއެއް އުފެދުމުގެ ނުރައްކަލެއް ނެތްކަމަށެވެ.

ޖިއޮގްރަފީ ގޮތުން ޕަޕުއާ ނިއުގިނީ އޮންނަނީ ބިންހެލުންތައް ގިނަ ޕެސިފިކް ރިންގް އޮފް ފަޔާގައެވެ.

މި ބިންހެލުމާ ގުޅިގެން ދިވެހިރާއްޖެއަށް ނުރައްކަލެއް އޮތް ކަމަށް ނުބެލެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.