ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމަށް ފަށަން ކުޑަ ވަގުތު ކޮޅަކަށްވެފައިވާއިރު، އިސްރާއީލާ ފަލަސްޠީނުގެ ރައްޔިތުން ރައްޔިތުންނާ ދެމެދު ބަދަލުކުރަމުންދާ ސިލްސިލާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ހަމާސް އިން ކޮންޓްރޯލްއިން ކުރަމުންދާ ޣައްޒާއިން އިސްރާއީލަށް ހަމަލާދީފައިވާކަމަށް ބުނެ، އިސްރާއީލުންވަނީ ފަލަސްޠީނުގެ ބިންތަކަށް އެއްގަމާ ވައިގެ މަގުން ހަމަލާ ދޭން ފަށާފައެވެ.

ހުކުރު ދުވަހުން ފެށިގެން އިސްރާއީލުން ހަމަލާތައް ދެމުންދާއިރު، ފަލަސްޠީނުގެ 4 މީހަކު ޝަހީދުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ހަމާސްގެ 2 ހަނގުރާމައެއްގެ ފުރާނަ ގެއްލިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އިސްރާއީލުން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވީ ކަމުގެ ޚަބަރެއް ލިބިފައެއް ނުވެއެވެ.

ރަމަޟާން މަހާ ދިމާކޮށް އިސްރާއީލުން ފަލަސްޠީނަށް ދޭ ހަމަލާތައް ކޮންމެ އަހަރަކުވެސް އިތުރަށް ވަރުގަދަ ކުރާއިރު، މިފަހަރުގެ ހަމަލާތަކާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އިސްރާއީލާ ދެކޮޅަށް ބަޔާންތައް އާންމު ކުރަމުންނެވެ. އެގޮތުން ތުރުކީވިލާތުން މިހާރުވެސް ވަނީ އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރާކަން ހާމަކޮށްފައެވެ.

ހޮނިހިރު ދުވަހުވެސް އިސްރާއީލުންވަނީ ޣައްޒާގައި އާންމުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ޣައްޒާއިން ގިނަ ބަޔަކު ޒަހަމްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ޣައްޒާގެ ބައެއް ރައްޔިތުން މިހާރުވެސް ތިބީ ވަގުތީ ހިޔާތަކުގައެވެ.