ކޮއްދިއްޕަރު ރިސޯޓާ ދިމާ ކަނޑު ތެރެއިން މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރި ވަމުން އެބަގެންދެއެވެ.

މި ހަށިގަނޑު ފެނިފައިވަނީ މިރޭ 18:36 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ކޮއްދިއްޕަރާ ދިމާ ބޭރުން ފެނިފައިވަނީ ފިރިހެނެއްގެ ހަށިގަނޑު ކަމަށާ، އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނި ވެފައި ވާކަމަށެވެ.

މަރުވެފައިވާ މީހާގެ ހަށިގަނޑު ފެނިފައިވަނީ މަސްވެރިކަން ކުރަން އެސަރަހައްދަށް ނިކުމެ އުޅުނު ބަޔަކަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން މިހާރު އެ ހަށިގަނޑުކައިރީގައި ހަރަކާތްތެރިވަމުން އެބަ ދެއެވެ.