ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުކަމަށް ހަމަޖައްސާފައިވަނީ ހ. އާޒާދެވާދީ، ވިސާމް އަލީއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަފީރުކަމުގެ ފަތްކޮޅު ވިސާމަށް ވަނީ ދެއްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މެލޭޝިއާގެ ސަފީރުކަމަށް ވިސާމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރުގައި ވަނީ ރުހުން ދެއްވައިފައެވެ.

ވިސާމަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ އަންހެނުންނެވެ. ގިނަ ދުވަސްތަކެއް ވަންދެއް މެލޭޝިއާގައި ދިރިއުޅުއްވާފައިވާ ވިސާމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވެސް ކުރީން ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.