ސިނަމާލެ ބުރިޖުގައި ދުއްވާފަ ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ހެލްމެޓް އަޅައިގެން އިން މިހެއްގެ ބޯ ފަޅައިގެން ހިނގައްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހައިވޭގައި އެކްސިޑެންޓެއް ހިނގައިގެން ރޭ 12:10 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ސައިކަލް ދުއްވަން އިން 35 އަހަރުގެ ފިރިހެނަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފުވެފައި ނުވެއެވެ.

ބައެއް މީޑިއާގައި ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ހާއްސަކުރެވިފައިވާ ލޭނުން ދުއްވާފައި ދިޔަ ޕިކަޕެއް އޯވަޓޭކް ކުރުމަށް ސައިކަލް ލޭނަށް އެރިވަގުތު ފަހަތުން އައި ދެ ސައިކަލެއް ޕިކަޕްގެ ކުރިއަށް އަރަން އުޅުމުގެ ތެރޭގައި ދެ ސައިކަލް ޖެހިގެން ކަމަށެވެ.

މި މަހުގެ އެއް ވަނަ ދަވަހުން ފެށިގެން ސައިކަލްގައި ބުރިޖު ހުރަސް ކުރުމަށް އަދި ބްރިޖާއި ގުޅިފައިވާ ހައިވޭއަށް އެރެނީ ހެލްމެޓް އަޅައިގެންނެވެ. އަދި ހެލްމެޓް އެޅުމަށް މަޖުބޫރު ކުރި ފަހުން އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑު އަނިޔާއެއްވި މީ ފުރަތަމަ ފަހަރެވެ.