ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާ ވަކިވުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މާމިގިލީ ދާއިރާއަށް ވާދަކުރައްވާ ގާސިމް އިބްރާހިމް މާމިގިލީގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ނަހުލާއާ ދެމެދު އޮތީ އިލާހީ ގުދުރަތީ ގުޅުމެއް ކަމަށާއި އެކަމަނާއަކީ ލޮބުވެތި ދަރިންތަކެއްގެ ލޮބުވެތި މަންމަ ކަމަށެވެ.

"އެކަމަނާ ވިދާޅުވި ފަދައިން އަޅުގަނޑުމެން ވަކިވުމެއް ނެތް. އަޅުގަނޑުމެން ވަކިވާނީ އެކެއްގެ ފުރާނައާ އެކީގައި. އެއީ ކީއްވެގެންކަން އެކަމަނާ ވަނީ ވިދާޅުވެފައި" ގާސިމް ވިދާޅުވިއެވެ.

އޭގެ ކުރިން އެ ޖަލްސާގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް ގާސިމާ ވަތްކެއް ނުވާނެ ކަމަށެވެ.

ރޭ މާމިގިލީގައި ކުރިއަށްދާ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބަވާ މިނިސްޓަރުންނާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.