މޯލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑައުބްލިއުއެސްސީ)ގައި މަސައްކަތް ކުރާ އެންމެ ދުވަސްވީ މުވައްޒަފު މުހައްމަދު ޝާފިއު ނިޔާވެއްޖެއެވެ.

އެމްޑައުބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި މުހައްމަދު ޝާފިއު ނިޔާވުމާ ގުޅިގެން އެ ކުންފުނީގެ ދިދަ ތިން ދުވަހަށް ބައިދަނޑި އަށް ތިރިކުރާނެއެވެ.

ޝާފިއު އަކީ އެކުންފުނީގެ ކަސްޓަމާ ސާވިސް މެނޭޖަރެވެ.

ޝާފިއު އެ ކުންފުންޏާ ގުޅުނީ 1995 ވަނަ އަހަރުއެވެ. އެއީ އެ ކުންފުންޏަށް އެންމެ ފުރަތަމަ ނެގި ދިވެހި މުވައްޒަފު ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އޭނާ ނިޔާވީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް ތ. އަތޮޅުގެ ރިސޯޓަކަށް ގޮސް އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.