އޭނާގެ ފިލްމުތަކުން ބޮލީވުޑްގެ ސިނާއަތަށް ތައާރަފުކޮށްދޭނީ ހައްގު ތަރިން އެކަނި ކަމަށް ބޮލީވުޑްގެ ފިލްމީ ސްކްރީންތަކަށް އާ ފަނުވެރިން ނެރެދިނުމުގެ ރަސްގެފާނުގެ ލަގަބު ހޯދާފައިވާ ސަލްމާން ހާން ބުނެފިއެވެ.

ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާއާއި، އަދިއްތިޔާ ޕަންޗޯޅީގެ ދަރިފުޅު ސޫރާޖުއާއި، ޅިޔަނު އަނޫޝް ޝަރުމާގެ އިތުރުން ވަރީނާ ހުސައިންވެސް ތައަރާފުކޮށްދިން ސަލްމާން ހާން މިހާރު މަސައްކަތް ކުރަމުންދަނީ ފިލްމް "ނޯޓް ބުކް"އިން މަޝްހޫރު ތަރި މޮނީޝް ބާލްގެ ދަރިފުޅު ޕްރަނުތާން ބާލްއާއި ޒަހްީރު އިގުބާލް ތައާރަފުކޮށްދިނުމަށެވެ.

"ނޯޓްބުކް"ގެ ޓްރެއިލާ ލޯންޗްކުރުމަށް ކުރިއަށްދިޔަ އިވެންޓެއްގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ އޭނާގެ ފިލްމުތަކުން ކޮންމެ ކޮންމެ މީހަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.

ޕްރަނުތާންއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސަލްމާން ބުނީ އޭނާއަކީ އޭނާއަށް ދީފައިވާ ލައިންތައް ފަސޭހަކަމާއިއެކު ޑެލިވާކޮށްދޭ ފަންނުވެރިއެއް ކަމަށެވެ. ނަށަން ބުނުމުން ޒަހްރީރަށް އެންމެ ފުރިހަމައަށް ފުރަތަމަ ދުވަހު ނުނެށުނުނަމަވެސް، ދެވަނަ ދުވަހު އޭނާ އެކަން ފުރިހަމަކަންވެސް ސަލްމާން ވަނީ ފާހަގަކޮށްފައެވެ.

ގައުމީ އެވޯޑް ހާސިލުކޮށްފައިވާ ޑައިރެކްޓާ ނިތިން ކައްކާރު ޑައިރެކްޓް ކުރާ ފިލްމް "ނޯޓްބުކް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާޗްމަހުގެ 29 ވަނަ ދުވަހުއެވެ.