"ދަބަންގް" ފްރެންޗައިޒްގެ 3 ވަނަ ފިލްމް "ދަބަންގް 3"ގެ ޝޫޓިންގް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

ސޮނާކްޝީ ސިންހާއާއި ސަލްމާން ހާންގެ އެކްޓިންގް ފެނިގެންދާ "ދަބަންގް 3"ގެ ޝޫޓިންގްތައް ރާވާލާފައިވަނީ، މަސައްކަތް ފަށާގޮތަށްގޮސް ނިންމާލާހާ ބިޒީކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

"ދަބަންގް 3"ގެ ޝޫޓިންގް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދްޔަޕްރަދޭޝްގެ މަހޭޝްވަރު އަވަށުގައެވެ. އެއަށްފަހު ވާއީއާއި މުމްބާއީގައިވެސް މަންޒަރުތަކެއް ނެގުމަށް ހަމަޖެހިފައިވާކަން "ދަބަންގް" ފްރެންޗައިޒްގެ ޕްރޮޑިއުސާ އަރުބާޒް ހާން ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހަތަރުމަހެއްހާ ދުވަހުގެ ތެރޭގައި މުޅި ފިލްމް ޝޫޓުކޮށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.

ސިނަމާތަކަށް މި ފިލްމު އަންނާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ބެލެވެއެވެ.