ފެޝަންގެ ދުނިޔޭގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ޖަރުމަނުވިލާތުގެ ފަރުމާކުރުންތެރިޔާ ކާލް ލެގާފެލްޑް މަރުވެއްޖެއެވެ.
ކުޑަދުވަސްކޮޅަކު ބަލިވެއުޅުމަށްފަހު ކާލް ލެގާފެލްޑް މަރުވީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައެވެ.
ޝެނޭލްއާއި ފެންޑީގެ ކްރިއޭޓިވް ޑައިރެކްޓަރުގެ ގޮތުގައި މަސައްކަތްކުރި ކާލް ލެގާފެލްޑްވަނީ މަރުދުވަހާއި ޖެހެންދެންވެސް ފެޝަންގެ ދާއިރާއަށް ހިދުމަތްކޮށްފައެވެ.
ފަހަތަށް އައްސާފައިވާ އިސްތަށިކޮޅާއި، ކަޅު އައިނާއިއެކު ކާލް ލެގާފެލްޑްގެ ފެޝަނަކީ ވެސް އޭނާއަށް ހާއްސަ ރަމްޒީ ފެޝަނަކަށް އޮތީވެފައެވެ. ކާލް ލެގާފެލްޑްގެ ވަކިވެދިއުމާއިއެކު ފެޝަންގެ ދުނިޔޭގައި ނަން ހިނގާ މަޝްހޫރު ފަންނުވެރިން ދަނީ ތައުޒިޔާ ކިޔަމުންނެވެ.