މަޝްހޫރު ލަވަކިއުންތެރިޔާ ކެޓީ ޕެރީއާއި އިނގިރޭސި ބަތޮލް އޯލަންޑޯ ބްލޫމްސް ލޯބީގެ ގޮށް ޖަހާލައިފިއެވެ.

ކެޓީ ޕެރީއާއި އޯލަންޑޯ ބްލޫމްސް އެންގޭޖު ވެފައިވަނީ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

ކެޓީ ޕެރީ ވަނީ އޯލަންޑޯ ބްލޫމްސްއާއި އޭނާގެ ގުޅުން "ރަސްމީ" ވާކަމުގެ އިޝާރާތްތަކެއް އިންސްޓަގްރާމްގައިކޮށްފައެވެ.

އޯލަންޑޯ ބްލޫމްސްވެސް ވަނީ އިންސްޓަގްރާމްގައި މާނަފުން މެސެޖެއް ހިއްސާކޮށްފައެވެ. ނަމަވެސް އެއީ ކެޓީ ޕެރީއަށް އަމާޒުކުރި ވާހަކަތަކެއްކަން ކަނޑައެޅިގެން ބަޔާންކޮށްފައެއްނުވެއެވެ.