ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާޓޫން އެލާޑިންގެ ލައިވް އެކްޝަން ރީމޭކްއިން ފެނިގެންދާ ޖީނީގެ މަންޒަރުތަކެއް ޑިޒްނީއިން އާންމުކޮށްފައިވާއިރު، އެ މަންޒަރުތަކަށް ގިނަ ބަޔަކު ފާޑުކިޔައިފިއެވެ.

ޑިޒްނީއިން އާންމުކުރި މަންޒަރުތަކުގައި ޖީނީގެ ރޯލުން ފެނިގެންދަނީ ކުޅަދާނަ އެކްޓާ ވިލް ސްމިތްއެވެ.

އެންމެ ގިނަ ބަޔަކު ނުރުހުނީ ޖީނީގެ ރޯލުން ވިލް ސްމިތް ފެނިގެންދާތީއެވެ.

ގިނަ ބައެއްގެ މެދުގައި އެހާ ބޮޑު ސަމާލުކަމެއް ހޯދާފައިވާ ޖީނީ ފަދަ ކެރެކްޓާއެއް ކުޅެންޖެހުމަކީ ވަރަށް ހިތް ނުތަނަވަސް ކުރުވި ކަމެއް ކަމަށް ޚުދު ވިލް ސްމިތް ވެސް ވަނީ ބުނެފައެވެ.

ކަންމިހެންއޮތްއިރު، ފިލްމު ބަލާފައި ނޫނީ މިކަމާއި އެއްޗެއް ބުނަން ނުވާ މީހުންވެސް އެބަތިއްބެވެ.

ވޯލްޓް ޑިޒްނީ ސްޓޫޑިއޯޒް މޯޝަން ޕިކްޗާޒްއިން "އެލާޑިން"ފިލްމް ރިލީޒް ކުރަން ތާވަލުކޮށްފައި އޮތީ މިއަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހަށެވެ.