ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދާއެކު މަޖިލީހަށް މައުމޫން ރިފޯމް މޫވްމަންޓްގެ ފަރާތުން ވާދަކުރާ ދާއިރާތައް ހާމަކޮށްފިއެވެ.

އެމްއާރުއެމުން ބުނީ 19 ވަނަަ ރައްތިތުންގެ މަޖިލިސް އިންތިހާބަށް މައުމޫންގެ ތާއީދާއި އެކު ވާދަކުރަން މިއަދާއި ހަމައަށް ނިންމާފައިވަނީ 24 ދާއިރާ ކަމަށެވެ. އަދި އެހެން 11 ދާއިރާއަކަށް ވާދަނުކުރާކަމަށް ވެސް އެމްއާރުއެމުން ބުނެއެވެ.

އެމްއާރުއެމުން ވާދަކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ހެންވޭރު އުތުރު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ، މާފަންނު މެދު ދާއިރާ، މާފަންނު ދެކުނު ދާއިރާ، ވިލިމާލެ ދާއިރާ، ނޮޅިވަރަމް ދާއިރާ، ކޮމަންޑޫ ދާއިރާ، ތުޅާދޫ ދާއިރާ، ތުލުސްދޫ ދާއިރާ، ކ.ގުރައިދޫ ދާއިރާ، ދިއްގަރު ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، އިސްދޫ ދާއިރާ، ފޮނަދޫ ދާއިރާ، މާވަށު ދާއިރާ، ތިނަދޫ އުތުރު ދާއިރާ، ގައްދޫ ދާއިރާ އަދި ހިތަދޫ އުތުރު ދާއިރާއެވެ.

އެމްއާރިއެމުގެ ފަރާތުން ވާދަ ނުކުރަން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، ދިއްދޫ ދާއިރާ، ހަނިމާދޫ ދާއިރާ، މަކުނުދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، މާމިގިލި ދާއިރާ، ތިމަރަފުށި ދާއިރާ، ވިލިނގިލި ދާއިރާ، ތިނަދޫ ދެކުނު ދާއިރާ އަދި ފުވައްމުލަކު އުތުރު ދާއިރާއެވެ.

މީގެ އިތުރުން، އެމްއާރްއެމުން ކުރި އިއުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކޮށްފައިވާފައިވާ ދާއިރާ ތަކަށް ކުރިމަތި ލައިފައިވާ ކެންޑިޑޭޓުންނާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރެވެމުން ދާވާހަކަވެސް އެމްއާރުއެމުން ބުނެއެވެ. އަދި ބައެއް ދާއިރާ ތަކަށް ކުރިމަތިލި ބައެއް ފަރާތްތަކުން ނަން އަނބުރާ ގެނެސްފައިވާތީ، މި ދާއިރާ ތައް ފިޔަވާ އެހެން ދާއިރާ އަކަށް ރައީސް މައުމޫނުގެ ތާއީދާއި އެކު ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި ނަމަ މާދަމާގެ ނިޔަލަން އެކަން އެއްގުމަށް ވަނީ އެދިފައެވެ.